އުފަން ދުވަހުގެ ރަޖިސްޓްރީ އަދި ހުއްދަ

އުފަންވުން ރަޖިސްޓްރީކޮށް އުފަންދުވަހުގެ ސެޓްފިކެޓް އަދި އުފަންދުވަހުގެ ރަޖިސްޓްރީ ހެއްދުމަށް

އަލަށް އުފަންވުން ރަޖިސްޓްރީކޮށް އުފަންދުވަހުގެ ސެޓްފިކެޓް، އުފަންދުވަހުގެ ރަޖިސްޓްރީ ހެއްދުން

ހުށަހެޅޭނެ ފަރާތްތައް

  • 18 އަހަރު ނުފުރޭ ކުއްޖެއްނަމަ ހުށަހަޅާނީ މަންމަ ނުވަތަ ބައްޕަ ނުވަތަ ޤާނޫނީ ބަލަދުވެރިޔާ.
  • 18 އަހަރުން މަތީގެ މީހުންނަށް.

ހުށަހަޅަންޖެހޭ ތަކެތި

  • ކައިވެނީގެ ސެޓްފިކެޓް. (ކައިވެނީގެ ސެޓްފިކެޓްގެ ހުރިހާ ސަފުޙާއެއް)
  • ޕާސްޕޯޓުގެ ކޮޕީ. (މަންމަ ނުވަތަ ބައްޕަ ނުވަތަ ބައްޕަފަރާތު ކާފައަކީ ބިދޭސީއެއްނަމަ)
  • މަންމަ، ބައްޕަ އަދި ބައްޕަފަރާތު ކާފަގެ އައިޑީކާޑު ކޮޕީ.
  • އުފަންދުވަހުގެ ސެޓްފިކެޓް އަދި ހޮސްޕިޓަލުން ދޫކޮށްފައިވާ އުފަންވީކަމުގެ ލިޔުން. (ރާއްޖެއިން ބޭރަށް އުފަންވެފައިވާނަމަ)
  • ކޯޓުން ކޮށްފައިވާ ޙުކުމް.
  • ނަން ފާސްކުރިލިޔުން. (މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ނަން ލިސްޓުގައި ނުހިމެނޭ ނަމެއްނަމަ)
  • ކުއްޖާ ރަޖިސްޓްރީކުރާ ގޭގޭވެރިފަރާތުގެ އިޢުތިރާޟެއްނެތް ކަމުގެ ސިޓީ.

އުފަންދުވަހުގެ ސެޓްފިކެޓް އާކުރުން ނުވަތަ ގެއްލިގެން ހެއްދުމަށް

ހުށަހެޅޭނެ ފަރާތްތައް

  • 18 އަހަރު ނުފުރޭ ކުއްޖެއްނަމަ ހުށަހަޅާނީ މަންމަ ނުވަތަ ބައްޕަ ނުވަތަ ޤާނޫނީ ބަލަދުވެރިޔާ.
  • 18 އަހަރުން މަތީގެ މީހުންނަށް.

ހުށަހަޅަންޖެހޭ ތަކެތި

  • ސެޓްފިކެޓް ހެއްދުމަށް އެދޭ ފަރާތުގެ އައިޑީކާޑު ކޮޕީ.
  • އާކުރުމަށް ހުށަހަޅާނަމަ އުފަންދުވަހުގެ ސެޓްފިކެޓްގެ އަސްލު.
  • މަންމަ ހުށަހަޅާނަމަ ބައްޕަގެ އިޢުތިރާޟެއްނެތްކަމުގެ ސިޓީ.

މަޢުލޫމާތު ބަދަލުވެގެން އުފަންދުވަހުގެ ސެޓްފިކެޓް އަލުން ހެއްދުމަށް.

ހުށަހެޅޭނެ ފަރާތްތައް

  • 18 އަހަރު ނުފުރޭ ކުއްޖެއްނަމަ ހުށަހަޅާނީ މަންމަ ނުވަތަ ބައްޕަ ނުވަތަ ޤާނޫނީ ބަލަދުވެރިޔާ.
  • 18 އަހަރުން މަތީގެ މީހުންނަށް.

ހުށަހަޅަންޖެހޭ ތަކެތި

  • ސެޓްފިކެޓް ހެއްދުމަށް އެދޭ ފަރާތުގެ އައިޑީކާޑު ކޮޕީ.
  • މަންމަ އަދި ބައްޕަގެ އައިޑީކާޑު ކޮޕީ.
  • 10 އަހަރު ފުރިފައި ވާނަމަ ޤާނޫނީ ފޯމް (މުއްދަތު ހަމަނުވާ).
  • މަންމަ ހުށަހަޅާނަމަ ބައްޕަގެ އިޢްތިރާޟެއް ނެތްކަމުގެ ސިޓީ.
  • ކުރިން ހަދާފައިވާ އުފަންދުވަހުގެ ސެޓްފިކެޓް (އަޞްލު).
  • ނަން ފާސްކުރިލިޔުން. (މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ނަން ލިސްޓުގައި ނުހިމެނޭ ނަމެއްނަމަ)
  • ކޯޓުން ކޮށްފައިވާ ޙުކުމް.