ހޯދަޑު އަވަށުގައި ހޭންޑް ބޯޅަ އަދި ވޮލީ ބޯޅަ ކޯޓު ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހޯދަޑު އަވަށުގައި ހޭންޑް ބޯޅަ އަދި ވޮލީ ބޯޅަ ކޯޓު ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
19 އޮގަސްޓް 2024

ފުވައްމުލަކު ހޯދަޑު އަވަށުގައި ހޭންޑް ބޯޅަ އަދި ވޮލީ ބޯޅަ ކޯޓު ތަރައްޤީ ކުރުމުގެ މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި މިއަދުވަނީ އިބްރާހިމް އަސްވަދު އިންވެސްޓްމެންޓް އާއިއެކު ސޮއިކުރެވިފައި. މި މަސައްކަތަކީ ކައުންސިލްގެ ބަޖެޓުން ހަރަދު ކުރާ ގޮތަށް 1،611،473.21 ( އެއްމިލިއަން ހަ ލައްކަ އެގާރަ ހާސް ހަތަރު ސަތޭކަ ހަތްދިހަ ތިން ރުފިޔާ އެކާވީސް ލާރި) އަށް، އަދި މިމަސައްކަތް ނިންމުމަށް ހަވާލުކުރެވިފައިވަނީ ކޯޓް ތަރައްގީކުރާ ސައިޓް ހަވާލުކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.

ފޮޓޯ ގެލަރީ