ފުވައްމުލައް ސިޓީ ކައުންސިލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަށައިފި

ފުވައްމުލައް ސިޓީ ކައުންސިލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަށައިފި
24 ސެޕްޓެމްބަރ 2024

ވަޒީފާގެ މައިދާނަށް ޒުވާނުން އަހުލުވެރިކުރުމަށް ފުވައްމުލައް ސިޓީ ކައުންސިލުން މުޅިން އަލަށް ފަށާ ފުވައްމުލައް ސިޓީ ކައުންސިލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު.

މި ޕްރޮގްރާމަކީ މަސައްކަތުގެ ދުނިޔެއަށް ނިކުންނަ ޒުވާނުންނަށް މަސައްކަތުގެ ހުނަރު ދަސްކޮށްދީ، މަސައްކަތުގެ ތަޖުރިބާ ހޯދުމަށް ތަނަވަސް ފުރުސަތުތަކެއް ހުޅުވާލަދީ ޒުވާނުން ބާރުވެރިކުރުވުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް.

މަސައްކަތުގެ މާހައުލުގައި އަޅައި ފުރަތަމަ ފިޔަވަޅަކީ ކުރިމަގުގައި މަސައްކަތުގެ ސަގާފަތާއި މަސައްކަތުގެ އަހުލާގު ގެންގުޅޭނެ ގޮތުގެ ބިންގާ އެޅިގެންދާނެ ,އަމިއްލައަށް ޒިންމާ ނެގުމާއި، ލިބިފައިވާ އިލްމު އޭގެ ފުރިހަމަ ގޮތުގައި ބޭނުންކުރުމާއި، އެކުގައި މަސައްކަތްކުރާ އެހެން މީހުންނާއިއެކު އޮންނަންޖެހޭ ގުޅުމާއި މަސައްކަތުގެ މާހައުލުގައި ގެންގުޅެންޖެހޭ އާންމު އުސޫލުތަކަށް މިއެޕްރެންޓިސްޝިޕްގެ ބައިވެރިން އަހުލުވެރިކުރެވޭނެ.

ބަދަލުވަމުންދާ މިއަދުގެ މަސައްކަތުގެ މާހައުލަށް ބައިވެރިން އަހުލުވެރިކުރުމަށް ތަފާތު ބައިތައް ފުވައްމުލައް ސިޓީ ކައުންސިލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ހިމެނިފައިވޭ. އޭގެ ތެރޭގައި މިއިދާރާގޭ ހުރިހާ ދާއިރާއަކުންވެސް އިލްމީ ތަޖުރިބާއާއި ތަމްރީނު ދިނުމާއި ވަޒީފާގެ އަމަލީ ތަޖުރިބާ ހޯދުމަށާއި މަސައްކަތް ރޭވުމަށާއި ވަގުތު މެނޭޖު ކުރުންފަދަ ކަންކަމަށް ބައިވެރިން އަހުލުވެރިކުރުމަށް ތަޖުރިބާ ލިބިފައިވާ މުވައްޒަފުންނާއިއެކު މަސައްކަތްކުރުން ހިމެނޭ.

ފޮޓޯ ގެލަރީ