ފުވައްމުލައްސިޓީ ކައުންސިލް އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތް 2024 ނިންމާލައިފި

ފުވައްމުލައްސިޓީ ކައުންސިލް އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތް 2024 ނިންމާލައިފި
26 އޮގަސްޓް 2024

ސްކޫލްތަކުގެ މެދުގައި ވޮލީގެ ރޫޙް އާލާކޮށް މޮޅު ކުޅުންތެރިން އުފައްދައި ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައި ދިނުމާއި އިޖުތިމާއީ ދުޅަހެޔޮކަން އިތުރު ކުރުމުގެ މަގުސަދުގައި ފުވައްމުލައް ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ 'ފުވައްމުލައް ސިޓީ ކައުންސިލް އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތް 2024' ރޭ ނިންމާލައިފިއެވެ.

ދިވެހިރާއްޖޭގެ ހުރިހާ ސްކޫލެއްގެ ގްރޭޑް 10 އިން ދަށް ގްރޭޑް ތަކުގެ ދަރިވަރުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދިޔަ މި މުބާރާތް ކުރިއަށް ގެންދިޔައީ އޮގަސްޓް މަހުގެ 11 އިން 25 ވަނަ ދުވަހުގެ ނިޔަލަށެވެ. މިމުބާރާތުގެ އަންހެން ޑިވިޜަންގައި 4 ސްކޫލަކުން ބައިވެރިވެފައިވާއިރު ފިރިހެން ޑިވިޜަންގައި 5 ސްކޫލަކުންވަނީ ބައިވެރިވެފައެވެ.

މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތައް (ފިރިހެން ޑީވިޜަން):

1- ޙާފިޒް އަޙްމަދު ސްކޫލު

2- މުޙައްމަދު ޖަމާލުއްދީން ސްކޫލް

3- ފުވައްމުލަކު ސްކޫލް

4- ޏ. އަތޮޅު ތަޢުލީމީ މަރުކަޒު

5- ގެމަނަފުށި ސްކޫލް

މުބާރާތުގެ ފިރިހެން ޑިވިޜަންގެ އެންމެ މޮޅު 6 ކުޅުންތެރިން:

1- އަޔާދު ނަސީރު މުޙައްމަދު - މުޙައްމަދު ޖަމާލުއްދީން ސްކޫލް

2- އަހުމަދު އާއިޒު މުޙައްމަދު - ޙާފިޒް އަޙްމަދު ސްކޫލު

3- އަހުމަދު ފަދަން ފިޔާޒް - ގެމަނަފުށި ސްކޫލް

4- އަލްޔާން މުޙައްމަދު އަނީސް އަލީ - މުޙައްމަދު ޖަމާލުއްދީން ސްކޫލް

5- މުޙައްމަދު ލަޔާން އަހުމަދު - ޙާފިޒް އަޙްމަދު ސްކޫލު

6- އަހުމަދު ޔަޝަމް ފަރުހާދު - މުޙައްމަދު ޖަމާލުއްދީން ސްކޫލް

ފިރިހެން ޑިވިޜަންގެ ފެއަރޕްލޭ ޓީމަކަށް ހޮވިފައިވަނީ ގެމަނަފުށި ސްކޫލެވެ.

މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތައް (އަންހެން ޑިވިޜަން):

1- ޙާފިޒް އަޙްމަދު ސްކޫލު

2- މުޙައްމަދު ޖަމާލުއްދީން ސްކޫލް

3- ފުވައްމުލަކު ސްކޫލް

4- ޏ. އަތޮޅު ތަޢުލީމީ މަރުކަޒު

މުބާރާތުގެ އަންހެން ޑިވިޜަންގެ އެންމެ މޮޅު 6 ކުޅުންތެރިން:

1- ފާތިމަތު ހަނީން ހުސެއިން - މުޙައްމަދު ޖަމާލުއްދީން ސްކޫލް

2- އައިޝަތު ސާހީ ޝާހިދް - ޙާފިޒް އަޙްމަދު ސްކޫލު

3- މަރިޔަމް އުޔޫން ހަނީފް - މުޙައްމަދު ޖަމާލުއްދީން ސްކޫލް

4- މަރިޔަމް އިޒުހާ ފިޔާޒް - ޏ. އަތޮޅު ތަޢުލީމީ މަރުކަޒު

5- އަޖްލާ ހަސަން މުހައްމަދު - މުޙައްމަދު ޖަމާލުއްދީން ސްކޫލް

6- ފާތިމަތު ލީޝް - ޙާފިޒް އަޙްމަދު ސްކޫލު

އަންހެން ޑިވިޜަންގެ ފެއަރޕްލޭ ޓީމަކަށް ހޮވިފައިވަނީ ޏ.އަތޮޅު ތަޢުލީމީ މަރުކަޒެވެ.

މުބާރާތުގެ ދެ ޑިވިޜަނުގެ ފައިނަލުގައިވެސް ކުޅެފައިވަނީ ހާފިޒް އަހުމަދު ސްކޫލާއި މުޙައްމަދު ޖަމާލުއްދީން ސްކޫލެވެ. ދެ ޑިވިޜަންގެވެސް ޗެމްޕިއަންކަން ހޯދައިފައިވަނީ މުުޙައްމަދު ޖަމާލުއްދީން ސްކޫލެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ މުޙައްމަދު ޖަމާލުއްދީން ސްކޫލުގެ ކޯޗު އަހުމަދު ސަމީރުއެވެ.