ފެނަކަ އާރޯ ޕްލާންޓް ކައިރީގައި ހުރި މަގުބައްތިއަށް ކޭބަލް އެޅުމަށް މަގުކޮނުން

7 އޮކްޓޯބަރ 2024
ބީލަން ހުށަހެޅުން: 7 އޮކްޓޯބަރ 2024 (ރޭގަނޑު 19:0)

ފެނަކަ އާރޯ ޕްލާންޓް ކައިރީގައި ހުރި މަގުބައްތި ކޭބަލް ގްރައުންޑްވެފައިވާތީ ކޭބަލް އެޅުމަށް މަގުކޮނެ ކޭބަލް އެޅުމުގެ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެއްކަރުދާސް ކުރެވިފައިވާ އަގުބަލާފޯމް ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެން.

އަގުބަލާފޯމް ބަލައިގަތުން އޮންނާނީ 08 އޮކްޓޫބަރު 2024 ވާ އަންގާރަ ދުވަހުގެ 10:30 ގައި ކައުންސިލް އިދާރާގެ މީޓިން ރޫމްގައި. މެއިލް ކުރައްވަން ބޭނުންވާ ފަރާތްތަކުން މަސައްކަތުގެ އަގުބަލާ 08 އޮކްޓޫބަރު 2024 ވާ އަންގާރަ ދުވަހުގެ 10:30 ގެ ކުރިން ފުވައްމުލަކު ސިޓީ ކައުންސިލްގެ ޕްރޮކިއުމެންޓް މެއިލް އަށް ([email protected]) މެއިލް ކުރެއްވުން އެދެމެވެ.