ރަށި ބާޒާރޮ 2024 ގެ ސްޓޯލްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުން

6 އޮކްޓޯބަރ 2024

15 ވަނަ ނޭޝަނަލް ޖޫނިއަރ ޗެމްޕިއަންޝިޕް ކުރިއަށްދާ މުއްދަތާ ދިމާކޮށް، "ރަށި ބާޒާރޮ 2024" ގެ ނަމުގައި ފުވައްމުލައް ސިޓީ ކައުންސިލާއި މިސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން އޮކްޓޫބަރު މަހުގެ 18، 20، 21 އަދި 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްޞަ ބާޒާރުގެ ވިޔަފާރި ސްޓޯލްތަކަށް އެދި ހުށަހެޅުމުގެ މުއްދަތު 10 އޮކްޓޫބަރު 2024 ވާ ބުރާސްފަތި ދުވަހުގު 12:00 ގެ ނިޔަލަށް ވަނީ އިތުރު ކުރެވިފައެވެ.

އެހެންކަމުން، މި ބާޒާރުގެ ވިޔަފާރި ސްޓޯލްތަކަށް އެދި ހުށަހެޅުމަށް، ތިރީގައި މިވާ ގޫގުލް ފޯމު ފުރިހަމަކޮށްދެއްވުން އެދެމެވެ.

27 ރަބީޢުލްއާޙިރާ 1446

06 އޮކްޓޫބަރު 2024