ކުޑަކުދިންނަށް ޚާއްސަކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ފަސް ވަގުތު ނަމާދު ޕްރޮގްރާމާއި ގުޅޭ

7 އޮކްޓޯބަރ 2024|(IUL)468-CS/468/2024/277

ފުވައްމުލަކު ކޮންމެ ރައްޔިތަކީ ފަސް ނަމާދު ޤާއިމުކުރާ ރައްޔިތަކަށް ހެދުމުގެ މަޤްޞަދުގައި، ކުޑަކުދިންނަށް އަމާޒުކޮށްގެން ނަމާދު ޕްރޮގްރާމެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ. މިޕްރޮގްރާމް ނިމޭއިރު، ވުޟޫކުރުން، ނަމާދުގައި ކިޔާތަކެތި ހިތުންދަސް ކުރުން، ޟުޙާ ސޫރަތުން ތިރި ހިތުން ދަސްކުރުން، އަދި ޢަޤީދާއާއި ގުޅޭ ބައެއް މަޢުލޫމާތު ކުދިންނަށް ދަސްކޮށްދެވިގެން ދާނެއެވެ.

-ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ 1 ނޮވެމްބަރ 2024 ގައި

-މުއްދަތު 40 ދުވަސް

-ބައިވެރިވެވޭ ޢުމުރުފުރާ: 30 އޮކްޓޫބަރ 2024 ގެ ނިޔަލަށް ޢުމުރުން 7 އަހަރުފުރި، 12 އަހަރު ނުފުރޭ ކުދިންނަށް (ދެޖިންސުގެ ކުދިންނަށް ބައިވެރިވެވޭނެ)

ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިއިޢުލާނުގެ ލިންކުގައިވާ ފޯމް، 17 އޮކްޓޫބަރ 2024 ވާ ބުދަ ދުވަހުގެ 14:00 ކުރިން ފުރިހަމަ ކުރެއްވުން އެދެމެވެ.

https://forms.office.com/r/qjKBD0DX4f

04 ރަބީޢުލްއާޚިރު 1446 ހ.

07 އޮކްޓޫބަރ 2024 މ.