15 އޮކްޓޯބަރ 2024|(IUL)468-LMS/468/2024/287
ސުންގަޑި: 20 އޮކްޓޯބަރ 2024 ( 4:0)

ދަޑިމަގު މިޔާޒު ގޯތީގެ ހުޅަގުފަރާތު ރުއްގަސް ސަރަޙައްދުގައިވާ ރުއްތަކުގެ ތެރެއިން 1 އިން 17 އަށް ނަންބަރު ޖަހާފައިވާ ރުއްތަކުގެ ނީލަންކިޔުން 2024 އޮކްޓޫބަރު 20 ވާ އާދިއްތަ ދުވަހުގެ 9:00 ގައި އެސަރަޙައްދުގައި އޮންނާނެއެވެ.

ނީލަމުން މިރުއްތައް ނަންގަވާ ފަރާތުން ނީލަން ނިމޭތާ 02 ދުވަހުގެ ތެރޭގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށް ފައިސާ ދެއްކެވުމަށްފަހު، 03 ދުވަހުގެ ތެރޭގައި ރުއްތައް ކަނޑައި ރުކުގެ ބައިތައް އެތަނުން ނަންގަވައި ސާފުކުރަން ވާނެއެވެ.

ވީމާ، މި ނީލަމުގައި ވީހާ ގިނަ ފަރާތްތަކަކުން ބައިވެރިވެ ދެއްވުމަކީ މި އިދާރާގެ ވަރަށް ބޮޑު އެދުމެކެވެ.