ތައާރަފް

ފާޠިމަތު ނާފިޢާ އަކީ ފުވައްމުލައް ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގައި ފުވައްމުލަކު އިރުއުތުރު ދާއިރާ ތަމްސީލުކުރައްވާ މެންބަރެވެ. އަދި، ކޮމިޓީގެ ނައިބް ރައީސާވެސް މެއެވެ. ނާފިޢާ މި މަޤާމަށް އިންތިޚާބު ކުރެވުނީ 10 އެޕްރީލް 2021 ގައި ބޭއްވުނު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައެވެ.
ޏ.އަތޮޅު ތަޢުލީމީ މަރުކަޒުން ސާނަވީ ތަޢުލީމު ޙާޞިލުކުރެއްވުމަށްފަހު ނާފިޢާ ވަނީ ހޯދަޑު އަވަށުގެ ކުރިއެރުމަށް އިޖުތިމާއީ އަދި ކުޅިވަރުގެ ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އެގޮތުން، އިޖުތިމާޢީ ދާއިރާއިން، ނާފިޢާ ވަނީ ހޯދަޑު އަވަށު އަންހެނުން ކުރިއަރުވާ ކޮމިޓީގައި މެދުކެނޑުމެއްނެތި 8 އަހަރު ވަންދެން ޚިދުމަތް ކުރައްވާފައެވެ.

އިންތިޚާބީ ދާއިރާ

ފުވައްމުލައް އިރު އުތުރު ދާއިރާ

ހުވާކުރި ތާރީޚް

16 މެއި 2021

ޕާޓީ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ