ތައާރަފް

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ޢާޞިފާ އިބްރާހީމްދީދީ އަކީ ލޯކަލް ކައުންސިލް އިންތިޚާބުގެ 4 ވަނަ ދައުރުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގައި ފުވައްމުލައް ސިޓީގެ ހުޅަނގު އުތުރު ދާއިރާ ތަމްސީލްކުރާ މެންބަރެވެ. މި ކޮމިޓީގެ މެންބަރަކަށް ޢާޞިފާ އިންތިޚާބު ކުރެވުނީ، 10 އެޕްރީލް 2021 ގައި ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައެވެ.

ޢާޞިފާ އިބްރާހީމްދީދީ ވަނީ ފުވައްމުލައް ސިޓީގެ އަންހެނުންގެ ތަރައްޤީއަށާއި ޚާއްޞަކޮށް އޭނާ ނިސްބަތްވާ ދިގުވާނޑު އަވަށުގެ އަންހެނުންގެ ތަރައްޤީއަށް އަގުހުރި ޚިދުމަތް ތަކެއް ކޮށްދެއްވާފައެވެ. ދިގުވާނޑު އަވަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްކަން މެދުނުކެނޑި 25 އަހަރު ޚިދުމަތް ކުރައްވާފައިވާ ޢާޞިފާ އަކީ ލޯކަލް ކައުންސިލް އިންތިޚާބުގެ 3 ވަނަ ދައުރުގައި އިންތިޚާބު ކުރެވުނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެވެސް ރައީސާއެވެ. މީގެ އިތުރަށް ފުވައްމުލަކު އަތޮޅުކުރިއަރުވާ ކޮމިޓީގެ މެންބަރުކަން 2 ދައުރު އަދާ ކުރެއްވިއެވެ.

މަދަރުސީ ޙަޔާތް ޏ.އަތޮޅު ތަޢުލީމީ މަރުކަޒުން ފެށްޓެވި ޢާޞިފާ އިބްރާހީމްދީދީ ވަނީ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން، ކިޔަވައި ދިނުމުގެ ދާއިރާއިން ޑިގްރީ ޙާޞިލްކުރައްވާފައެވެ. މީގެ އިތުރަށް ކިޔަވައި ދިނުމުގެ ދާއިރާއިންނާއި ހިންގުމުގެ ދާއިރާއިންނާއި އިޖުތިމާޢީ ދާއިރާއިން ވަނީ ތަފާތު އެކިއެކި ތަމްރީން ޕްރޮގްރާމްތައް ފުރިހަމަ ކުރައްވާފައެވެ.

އިންތިޚާބީ ދާއިރާ

ފުވައްމުލައް ހުޅަނގު އުތުރު ދާއިރާ

ހުވާކުރި ތާރީޚް

16 މެއި 2021

ޕާޓީ

އަމިއްލަގޮތުން