މިއިދާރާގެ ކޮންމެ މުއައްޒަފަކީވެސް އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞުލުން ހިންގުމުގެ ޤާނޫން (7/2010)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މިކައުންސިލްގެ މަސައްކަތްތައް، ސިވިލްސަރވިސް ޤާނޫނާއި ، ސިވިލްސަރވިސް ޤަވާޢިދުގެ ކޯޑްއޮފް ކޮންޑަކްޓާއި އެއްގޮތްވާގޮތުގެ މަތިން ކުރުމަށް އެއްބަސްވެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައިވާ މުއައްޒަފެކެވެ.

ކޮންމެ މުއައްޒަފެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ވަޒީފާބަޔާނެއްގައި ލިޔެ، މުއައްޒަފާއި އެމުއައްޒަފެއްގެ މަސައްކަތް ސްޕަވައިޒްކުރާ ސްޕަވައިޒަރު ސޮއިކޮށް މަސައްކަތް ޙަވާލުކުރެވިފައިވެއެވެ. އަދި އެމުއައްޒަފަކާއި ޙަވާލުކުރެވިފައިވާ މަސައްކަތްތައް އޭނާ ބަރާބަރަށް ކުރޭތޯ ސްޕަވައިޒަރ ބައްލަވައި، ރަނގަޅުކުރަން ޖެހޭ ކަމެއްވާނަމަ އެކަމެއްގެ އިރުޝާދު މުއައްޒަފަށް ދުވަހުން ދުވަހަށް ދެމުންގެންދާނެއެވެ.

މުއައްޒަފުން މަސައްކަތް ކުރާގޮތުގެ ފެންވަރު ބެލުމަށް ސިވިލްސަރވިސް ކޮމިޝަނުން ކަނޑައަޅުއްވާފައިވާ އުޞޫލްތަކާއި އެއްގޮތްވާގޮތުގެ މަތިން މުއައްޒަފުންގެ ޕަރފޯމަންސް އެޕްރައިޒަލް އަހަރަކު އެއްފަހަރު ފުރިހަމަކުރެވޭނެއެވެ.

ކައުންސިލުން ނިންމާ ނިންމުންތައް، ޤާނޫނުތަކާއި، ޤަވާޢިދުތަކާއި، ކައުންސިލްގެ އެސް.އޯ.ޕީ އާއި، ކައުންސިލުން ކަނޑައަޅާފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ތަންފީޒު ކުރެވެމުންދާކަން ކަށަވަރުކުރުމަށް ކުރެވެމުންދާ ކަންކަން:

  • ރައްޔިތުން ބައްދަލުވުންތައް
  • ލޯކަލް ގަވަރމެންޓް އޮތޯރިޓީން ކުރިއަށް ގެންދާ މޮނިޓަރިން
  • ވޯރކްޕްލޭނަށް ޢަމަލުކުރެވެމުންދާގޮތުގެ ރިޕޯޓް
  • ސިވިލްސަރވިސް ކޮމިޝަނުން ކުރިއަށް ގެންދާ ޕާފޯރމެންސް އޮޑިޓް
  • އަހަރީ އޮޑިޓް
  • ލަފާދޭ ބޯޑުތައް